މިހާރު ކުރަމުންދާ ވިއްސާރަޔާ ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުތަކާއި، އެހެނިހެން އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުގައި އެންމެން ބައިވެރިވެ، އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ވިއްސާރައިގެ ސަބަބުން މާލެއާއި އެހެން ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، އާއްމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ.
ޝާހިދު ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކުރަމުންއަންނަ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އާންމު ދިރިއުޅުން ގިނަ ރަށްރަށުގައި ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އަދި ރައްޔިތުން މިއަދު ތަޙައްމަލް ކުރަމުންދާ ހިތާމައިގައި ބައިވެރިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި