އޮންލައިން ވިޔަފާރީގައި ކުރިއަރަމުން އަންނަ ޗައިނާގެ ޝެއިން އާއި ޓެމޫގެ އިސްވެރިން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ޝެއިންއިން ވަރަށް އަވަހަށް އިނގިރޭސިވިލާތުގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމަށް ތައްޔާރުވަމުން އަންނައިރު، އިނގިރޭސިވިލާތުގެ ޕާލަމެންޓުން އެކުންފުނިތައް ހާޒިރުކުރަނީ އެކުންފުނުތަކުގެ މުވައްޒަފުންގެ ހައްގުތަކުގެ މައްސަލައިގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. ޝެއިންއާއި ޓެމޫ އިން ހެޔޮ އަގުގައި ތަކެތި ވިއްކުމަށްޓަކައި އެކުންފުނުތަކުގެ މުވައްޒަފުންލައްވައި 'އަޅުން މަސައްކަތްކުރުވާ' ބީދައިން މަސައްކަތް ކުރުވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ތުހުމަތުކުރެއެވެ.
މި ކުންފުނުތަކުގެ ވެރިން ގާނޫނު ހަދާ މަޖިލީހުގެ ބިޒްނަސް އެންޑް ޓްރޭޑް ކޮމިޓީއަށް ހާޒިރު މިކުރަނީ، ލޭބަރ ޕާޓީއިން ފާސްކުރުމަށް މަސައްކަތްކުރަމުންދާ މަސައްކަތްތެރިންގެ ހައްގުތަކާއި ބެހޭ ބިލްގެ ދިރާސާގެ ތެރެއިންނެވެ.
މަސައްކަތުގެ މާހައުލު ދަށް ފެންވަރުގައި ހުންނަ ތަންތަނުގެ އުފެއްދުންތަކާއި، ގަދަބާރުން މުވައްޒަފުން ލައްވައި މަސައްކަތްކުރުވައިގެން އުފައްދާ ތަކެތި އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމަކީ މި ބިލުގައި ހިމެނޭ ބައެއް ކަންކަމެވެ.
ޝެއިން ކުންފުނި އެންމެ ފުރަތަމަ ރަޖިސްޓްރީކުރެވުނީ ޗައިނާގައެވެ. އެހެންނަމަވެސް ފަހުން އެކުންފުނީގެ ހެޑް އޮފީސް ވަނީ ސިންގަޕޫރަށް ބަދަލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ