އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ މާލޭގެ 36 ގޭބީސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެންބޮޑުވެގެން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓްކުރި ކަމަށާއި އޭގެ ތެރެއިން ވެލިބަސްތާ ޖެހުމަށް 554 ރިކުއެސްޓް ލިބިފައިވާ ކަމަށެވެ.
ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން މާލޭގެ 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 36 ގޭބީސީއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ފެންވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ސިފައިންނާއި ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ އިތުރުން ސްކައުޓުން ހަރަކާތްތެރިވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަތޮޅު ތެރޭ ރަށްތަކުގެ ތެރެއިން ވިއްސާރާގައި ގެއްލުންވެގެން އަށް ރަށަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މޫސުން ގޯސްވެ، އުދަ އަރައިގެން ރ. އިނގުރައިދޫ އާއި ށ. މަރޮށިން ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ވިއްސާރައާ ގުޅިގެން ގެއްލުންވި ރަށްތައް:
- ށ. މަރޮށި: އުދައަރައިގެން ފެންބޮޑުވެފައި
- ރ. އިނގުރައިދޫ: އުދައަރައިގެން ފެންބޮޑުވެފައި
- ފ. ނިލަންދޫ: ރަށުގެ 80 ޕަސެންޓްގައި ފެންބޮޑުވެފައި
- ދ. ކުޑަހުވަދޫ: 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައި
- ދ. މީދޫ: 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވޭ
- ފ. މަގޫދޫ: 9 ގެއަކަށް ގެލުން ލިބި 1 ގެއިން މީހުން ހުސްކޮށްފައި
- އދ. މާމިގިލި: 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
- ކ. ގުރައިދޫ: 60 ގެއަށް އެކިވަރުގެ ގެއްލުންލިބިފައި
- ފ. ފީއަލި: ފެންބޮޑުވެގެން 1 ގެއަކުން މީހުން ހުސްކޮށްފައި
- ކ. ހިންމަފުށި: 60 ޕަސެންޓް ގެތަކުގައި ފެންބޮޑުވެފައި
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ