އަވައްޓެރި އިންޑިއާގެ ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ، ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓު ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ހަލީލް، އެގައުމުގެ "ވިއޯން" ނަމަކަށް ކިޔާ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެކަމަކު އެ ގުޅުމަށް އަސަރުކުރުވަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮން ދިމާލަކުން ހޯދި ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައި އޮތް ވާހަކައެއް ކަމެއް ނޭނގެ. އެއްވެސް ތެދެއް އޭގައި ނެތް،" ވޮޝިންޓަން ޕޯސްޓުގައިވާ ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަލީލް ވިދާޅުވިއެވެ.
އެ ރިޕޯޓުގައި އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓެއް ޝާއިއުކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އެ މަސައްކަތް ފަށާފައި ވަނީ އިންޑިއާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އެކަން ކުރަން އުޅުނީ ޕީއެންސީގެ މެންބަރުންތަކަކަށް ފައިސާ ދީގެން ކަމަށް ބުނެފައިވެއެވެ.
އެ މަސައްކަތަށް ހަ މިލިއަން ޑޮލަރު ހިމެނުމަށްފަހު އެ ފައިސާ ވެސް އިންޑިއާ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފައިއެވެ. ނަމަވެސް މިރޭ އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާ އިން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ