ޓޫރިސްޓް ވިސާއާ ހިލާފުވި ދެ ބިދޭސީއަކު ޑީޕޯޓު ކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އެ އިދާރާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖޯޑަންގެ 24 އަހަރުގެ ފިރިހެނަކާއި، ސީރިއާ އަށް ނިސްބަތްވާ 19 އަހަރުގެ އަންހެނެކެވެ.
އެ ދެ މީހުން އަތުލައިގެންފައި ވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ގަވާއިދާ ހިލާފަށް ވިިޔަފާރި ހިންގަމުންދާ ކަމަށް އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަކާއި ގުޅިގެން ބެލި ބެލުންތަކަށްފަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ބުނީ އެ ދެ މީހުންގެ ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ