މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖޭގައި އުދުހެން ފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ ކުރިމަގު ރޭވުމުގެ ތަސައްވަރުގެ ތެރޭގައި ކަނޑައެޅި ކަނޑައެޅުމެއްގެ ގޮތުގައި އުފަންވި، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންސް ފެށުމުގެ ހިޔާލު މިއަދު ހަގީގަތަކަށްވެ، އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސް، ދިވެހި މުވައްޒަފުންގެ ބައިވެރިވުމާއެކު އޮޕަރޭޓްކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރައްވާފައި ވަނީ، މިއީ އަދި ފެށުމެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިގްތިސޯދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އޮކްޓޫބަރު މަހާ ހަމައަށް ދާއިރު، އުދުހުމަށް ތައްޔާރުވެގެން ދާނެ. މިއަދު މި ފެށޭ އުދުހުންތަކުން ޗައިނާގެ ބައެއް ހިސާބުތަކަށް ދަތުރު ކުރެވެނީ. އަދި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.
މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ