މާލޭގެ ކެފޭއެއްގައި މަސައްކަތް ކުރި ނޭޕާލްގެ ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވެ، އޭނާގެ ހަށިގަނޑާ ހަވާލުވާނެ ބަޔަކު ނެތި މަސް ދުވަސް ވަންދެން ގަލޮޅު މޯޗަރީގައި އޮތުމަށްފަހު، އޭނާގެ ހަށިގަނޑު އެންމެފަހުން ނޭޕާލަށް ފޮނުވާލައިފިއެވެ.
އުމުރުން 25 އަހަރުގެ ކަންޗަން ޑުންގެލް، މަރުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ކޯރުކެނޑި ހިނގުމުގައި ހުންނަ "މަގްހާ އިޝްރަގް" ކެފޭ ގައެވެ. ފުޑްކޯޓުގައި ކުރިން ހިންގި "ބަނާނާ ކެފޭ އެންޑް ކޭޓަރިން"ގައި ވެސް މަސައްކަތް ކުރި ޒުވާނާ މަރުވީ ބަލިވެ އިނދެ، ބަނޑަށް ދެ މަހުގައި ކަމަށް އޭނާގެ އެކުވެރިން "ހަތާވީސް"އަށް ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިދިޔަ އަންގާރަ ދުވަހު ނޭޕާލަށް ފޮނުވާފައިވާ ކަމަށެވެ. އެ ގައުމަށް އޭނާގެ ހަށިގަނޑު ފޮނުވީ އެ ގައުމުގެ އެމްބަސީއާ ގުޅިގެންނެވެ.
ކަންޗަންގެ މަރާ ގުޅޭ ގޮތުން ހަތާވީސް އިން ވާނީ ތަފްސީލީ ރިޕޯޓެއް ގެނެސްދީފައެވެ.
ރިޕޯޓް ކިޔާލުމަށް:
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ