ޑިމޮކްރެޓްސް ދޫކޮށް، އެ ޕާޓީގެ އެންމެ ފުރަތަމަ ރަނިންމޭޓް ހުސެން އަމްރު މިރޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ އެކި ދާއިރާތައް ތަމްސީލު ކުރައްވައި، އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަ ކުރެއްވި އަމްރު އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައި ވަނީ މިރޭގެ ވަގުތެއްގައެވެ.
"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި މާދަމާގެ ވަގުތެެއްގައި ޑިމޮކްރެޓްސްގެ އިތުރު ބަޔަކު އެމްޑީޕީއާ ގުޅޭނެއެވެ.
އަމްރު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ކޮއްކޮ، އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވަނީ އަމްރުއަށް މަރުހަބާ ވިދާޅުވެ، "އެކްސް"ގައި ޕޯސްޓެއް ކުރައްވާފައެވެ.
އަލީ ނިޔާޒު ވިދާޅުވީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށާއި ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީ ތައްމިނަށް ހުޅުވިފައިވާ ކަމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ