ރެ އާއި މިއަދު ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، މާލެގައި ދިރިއުޅޭ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ހަމަޖައްސައިދީފިއެވެ.
އެ އޮތޯރިޓީން ބުނީ ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީ އެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނީ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާތީ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ހަ އެލާޓް ނެރެފައިވެއެވެ. އޭގެ ތެރޭގައި އޮރެންޖު އެލާޓަކާއި ތިން ވައިޓް އެލާޓެއްގެ އިތުރުން ދެ ޔެލޯ އެލާޓް ނެރެފައިވެއެވެ.
މި ފެށޭ ހަފްތާގައި ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ