ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ކަރަންޓް ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ ޓްރާންސްފޯމަރުތަކަށް ބަޔަކު ގެއްލުން ދީފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. ފަހުމީ ވިދާޅުވީ ގެއްލުން ދީފައި ވަނީ އެ ޓްރާންސްފޯމަރުތަކުގެ އެޗްވީ ސިސްޓަމްތަކަށް ކަމަށެވެ.
އޭނަ ވިދާޅުވީ ޓްރާންސްފޯމަރުތަކަށް ދީފައިވާ ގެއްލުމަށް ބެލުމުން އެ ޢަމަލު ހިންގާފައިވަ ނީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މިފަދަ އަމަލުތަކުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ ޓްރާންސްފޯމަރުތަކަށް ގެއްލުން ދޭން އުޅެނިކޮށް މިދިޔަ އަހަރު ބަޔަކު މަރުވިކަން ފާހަގަކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން އަނެއްކާވެސް އެ ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވިދާޅުވެފައެވެ.
މި ހާދިސާއިން ފާހަގަކޮށްދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ