ޝެއިން ކުންފުނި ލަންޑަން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމަށް ތައްޔާރުވަމުން އަންނައިރު، އެ ކުންފުންޏާ ގުޅޭ ކަންބޮޑުވުންތައް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ލަންޑަން ސްޓޮކް އެކްސްޗޭންޖާ ހިއްސާކޮށްފިއެވެ.
ޕާލަމެންޓުން މި ކަންބޮޑުވުންތައް ހިއްސާކޮށް، ބުރާސްފަތި ދުވަހު ސިޓީ ފޮނުވާފައި މިވަނީ، ދާދިފަހުން ޕާލަމެންޓްގެ ކޮމިޓީއެއްގައި ޝެއިންގެ މަތީ ފަންތީގެ ބޭފުޅަކާ ސުވާލުކޮށްފައި ވަނިކޮށެވެ. ޝެއިން ކުންފުނިން އެ ކުންފުނީގެ އަންނައުނުގެ ބާވަތްތައް އުފެއްދުމަށް ކަފަ ހޯދަނީ ކޮންތަނަކުންތޯ ކުރި ސުވާލަށް، ޕާލަމެންޓަށް ހާޒިރުވި ޝެއިންގެ އެގްޒެކެޓިވްއަށް ޖަވާބެއް ނުދެވުނެވެ. އަދި ފަހުން ލިޔުމުން ޖަވާބު ދޭން އޭނާ އެދުނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން، ހުޅަނގުގެ އެހެން ގައުމުތަކުން ވެސް ގަބޫލުކުރާ ގޮތުގައި ޝެއިންގެ އުފެއްދުންތައް އަގު ހެޔޮވަނީ ޝިންޖިއާންގެ މުސްލިމުން ލައްވައި އަޅު މަސައްކަތްކުރުވައިގެން އެ ކުންފުނީގެ އުފެއްދުންތައް އުފައްދާތީއެވެ.
ޕާލަމެންޓަށް ހާޒިރުކުރެވުނު ޝެއިންގެ އެގްޒެކެޓިވްގެ ފަރާތުން ވެސް އެދެވޭ ޖަވާބެއް ސުވާލުތަކަށް ލިބިފައި ނުވަނީ، އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.
ޕާލަމެންޓުން ސްޓޮކް އެކްސްޗޭންޖަށް ފޮނުވި ސިޓީގައި، ކުންފުންޏެއް ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމަށް ހުށަހަޅާއިރު، އެކުންފުންޏަކުން ހުށަހަޅާ ލިޔުންތައް ދިރާސާކޮށް، އޭގެ ސައްހަކަން ކަށަވަރުކުރަނީ ކިހާ ވަރަކަށް، އަދ ކިހިނެއްތޯ ސުވާލުކޮށްފައިވެއެވެ.
އިނގިރޭސިވިލާތުން ގަބޫލުކުރާ އިންސާނީ ހައްގުތަކުގެ ހަމަތަކަށް ފެތޭ ގޮތަށް މަސައްކަތް ނުކުރާ ކުންފުނިތައް އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްނުކުރުމުގެ އިޚްތިޔާރު ލަންޑަން ސްޓޮކް އެކްސްޗޭންޖަށް އޮންނާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ