ޗައިނާގެ ހެކަރުން އެމެރިކާގެ މުވާސަލާތީ ކުންފުނިތަކަށް ދިންކަމަށް ބުނާ ސައިބަރ ހަމަލާގެ ރައްދުގައި އެމެރިކާއިން ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން ހަފްތާ ބަންދުގައި ވިދާޅުވީ ސައިބަރ ހަމަލާތަކަށް އެމެރިކާއިން އިޖާބަ ދީފި ކަމަށާއި، އެމެރިކާގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އަށް ހަމަލާދޭން ޗައިނާއިން މަސައްކަތްކޮށްފިނަމަ އޭގެ ނަތީޖާ ނިކުމެދާނެ ގޮތުގެ މެސެޖް މިހާރު ޗައިނާއަށް ދީފި ކަމަށެވެ.
ސުލިވަން އިތުރު ތަފްސީލެއް ނުދެއްވައެވެ.އެމެރިކާގައި މުވާސަލާތީ ހިދުމަތްދޭ ބޮޑެތި ކުންފުނުތައް ކަމަށްވާ އޭ.ޓީ އެންޑް ޓީ އާއި ވެރައިޒަން އިން ވަނީ މިދިޔަ އަހަރު އެކުންފުނިތަކުގެ ވިއުގަތަކަށް ސައިބަރ ހަމަލާއެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މިހާރު ވިއުގަތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާކަމަށްވެސް އެކުންފުނިތަކުން ބުނެއެވެ.
ހަމަލާތަކުގެ ފަހަތުގައިވަނީ ޗައިނާކަމަށް އެމެރިކާއިން ތުހުމަތު ކުރިނަމަވެސް ޗައިނާއިން އެކަން ދޮގުކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ