ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި މީހާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމާއެކު އޭނާ މިއަދު މިނިވަންވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.
އޭގެ ތެރެއިން އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމަކާއެކު, ޖޫރިމަނާގެ ގޮތުގައި 70،000ރ. ދައްކަން ހުކުމްކޮށްފަ އެވެ.
ނަމަވެސް އިކްރާމް ބަންދުގައި ތިން މަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، ހުކުމުގެ ދަށުން އިކްރާމް އިތުރަށް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ.
އެ މައްސަލާގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް 118،000ރ. މިހާތަނަށް އިކްރާމް ވަނީ ދައްކައިފަ އެވެ. އެހެންވެ, އޭނާގެ މައްޗަށް ކުރި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އިކްރާމް ދައުވާއަށް އިއުތިރާފްވީ ނަމަވެސް، ދެން ތިބި ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިޔަ ފަހުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ