ފެޑެކްސް މެދުވެރިކޮށް އެހެން މީހެއްގެ ނަމުގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ހ. ކަފުރުތޮޅިގޭ އަލީ އަމީނެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފެޑެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެެއް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރުމުން، ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ މިދިޔަ ހަފުތާގައި ހައްޔަރުކުރީ އެތަކެއްޗާ ހަވާލުވާން އަންނަ މީހަކު ބެލުމަށް ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި އޭނާ ހުއްޓުވީ މާލޭގެ މަގުމަތިންނެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމުން, އެ ތަކެއްޗާ ހަވާލުވާން އަންނަ މީހާ ބެލުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސުން ފާރައަށް ތިބެގެން ހިންގާ އޮޕަރޭޝަނެކެވެ.
އޭނާ އަތުން ފެނުނު ތަކެތީގެ ބަރުދަނުގައި 213 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ