ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން ތިންވަނަ ޓަވަރުން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓުން މީހަކު ވެއްޓިގެން އެ އިދާރާ އަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ބައެއް މީޑިއާތަކުގައި ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި ވެއްޓުނު މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ހާލަތު ރަނގަޅު ކަމަށްވެއެވެ.
ދާދިފަހަކުން ހިޔާ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަނީ މަރުވެސްވެފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ