ރ. އަތޮޅުގެ ދެ ރަށެއްގައި ސިހުރާއި ގުޅިގެން ފުލުހުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ މިއަދު ހެނދުނު 10:30ގައެވެ.
"ހަތާވީސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އަލިފުށިން ފަސް ގެއެއް ބަލާ ފާސްކުރިއެވެ. އަދި މީދޫ އިން ހަ ގެއެއް ބަލާ ފާސްކޮށް ބައެއް ތަކެތި ނެގިއެވެ. އެގޮތުން އަލިފުށިން ބަލާ ފާސްކުރި ބައެއް ގެތަކުން މިނި ކައްޓާއި އިންސާނުންގެ ދަތާއި ޖަނަވާރުންގެ ކަށި ވެސް ފެނިފައިވެއެވެ. މީގެއިތުރުން ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކާއި ދިރޭ ވެލާ ވެސް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބަލާ ފާސްކުރި ގެތަކުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.
އަލިފުށިން ބަލާ ފާސްކުރި ގެތައް:
- އަމާޒު
- ހަވީރީ އުފާ
- ސިނަރީ
- ސްނޯ
- މާވެޔޮ
މީދޫ ބަލާ ފާސްކުރި ގެތައް:
- ސީނު
- ނިގާރަން
- ގާދޫ
- މަހިދޫ
- ފަތިސް
- ފެސްކޯ
މީގެކުރިން ހއ. ކެލާގައި ސިހުރުގެ އުނދަގޫ ބޮޑުވެ، އެރަށުގައި ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގާ ބަޔަކު ހައްޔަރުކުރިއެވެ. އެކަމަކު ފަހުން އެމީހުން ވަނީ ދޫކޮށްލައިފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި