ވެލާނާ އިންޓަނޭޝަން އެއާޕޯޓުން އެފްކޮމް ކާގޯއާ ގުޅިގެން ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އިންޑިއާގެ ޗެންނާއިން އައި އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓުގައި 20 ޓަނުގެ ކާގޯ ގެނެސްފައިވާ ކަމަށެވެ. މި ކާގޯ އެކްސްޕޯޓްކޮށްފައިވަނީ އެތިހާދު އެއާވޭސްގެ ފްލައިޓެއް މެދުވެރިކޮށެވެ.
އެފްކޮމް ކާގޯ އިން ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އަދި ވީއައިއޭ މެދުވެރިކޮށް ކާގޯ މޫވްމެންޓް ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޮޑެތި އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތް ވެސް އެފްކޮމް އެއާލައިންސް އިން ކުރަމުންދާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.
އެފްކޮމް އެއާ ޓު އެއާ ކާގޯގެ ހިދުމަތަކާއެކު ވީއައިއޭ އިން ދެމުންދާ ކާގޯ ހިދުމަތް ފުޅާވެގެން ގޮސްފައިވާ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި