ރާއްޖޭގައި ގާއިމުކުރެވިފައިވާ އިޔާދަކުރަނިވި ހަކަތައިގެ ގާބިލިއްޔަތު އެންމެ އަހަރެއްހާ ދުވަސްތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަބޫދާބީގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވަނީ 2023 ވަނަ އަހަރު ޑިސެންބަރު މަހު ދުބާއީގައި ބޭއްވުނު ކޮޕް 28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ދިވެހިރާއްޖެއިން ކާމީޔާބު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި މިހާރު ވެސް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.
އަދި މީގެ އިތުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށާއި، ދުނިޔޭގެ ގައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އެ މަނިކުފާނު ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި