އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކުޅުއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ފަރިއްކޮޅުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީހީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެގައުމުން ދޭ ސަމާލުކަން ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެސްޓޯނިއާގެ ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އަދި އެ މަނިކުފާނު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ގައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ