އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވައްދާފައިވާ މީހުންގެ މައްސަލަތަކުގައި ހިލޭ ގާނޫނީ އެހީތެރިކަން ދޭން އެމްޑީޕީން ނިންމައިފި އެވެ.
ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރިއިރު, އޮޅުވާލައިގެން އެކި މީސްމީހުންގެ ސޮއި ފޯޖްކޮށްގެން އެ ޕާޓީއަށް ވައްދާފައިވާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި ކުރީގެ ބައެއް ސްޓޭޓް މިނިސްޓަރުގެ ނަމުގައި ފޯމްތައް ހުށަހަޅާފައިވެ އެވެ.
އެމްޑީޕީން ބުނީ އެގޮތަށް އޮޅުވާލައިގެން އެއްވެސް ޕާޓީއަކަށް ވައްދާފައިވާ މީހުން ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ އެ ޕާޓީން އެހީތެރިކަން ދޭނެ ކަމަށެވެ.
ސައްހަ ނޫން ފޯމްތަކުގެ މައްސަލަ ބޮޑުވެ, އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފައިވެ އެވެ. އަދި ޕީއެންސީން ވެސް ފަހުން ވަނީ އެކަމަށް އެއްބަސްވެ, އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށް ބުނެފަ އެވެ.
ޕީއެންސީއަށް މެމްބަރުންގެ އިތުރު ކުރުމުގެ ހަރަކާތްތައް ހިންގާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި