އިދިކޮޅު އެމްޑީޕީން ޗާންދަނީ މަގުގައި ހިންގަމުން އަންނަ އެޕާޓީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭގެ 00:59 އެހާކަށްހާއިރު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު ވަގު ފޯމު ހުށަހަޅައިގެން ސަރުކާރު ހިންގާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރާ މައްސަލާގައި އެމްޑީޕީން އަންނަނީ ޕީއެންސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ވަގު ފޯމުތަކުގެ ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ ފަރާތްތަކުގެ ފޮޓޯ އިއްޔެ އެމްޑީޕީ ހަރުގޭގައި ވަނީ ހަރުކޮށްފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި