ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބޭސްފަރުވާ ކުރަން ބޭނުންވާ ދިވެހިންނަށް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައި އެކަމަށް އެދެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާއެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއީ މިދިޔަ ޖެނުއަރީ މަހު ޗައިނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އިއުލާން ކުރެއްވި ކަމެކެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވީ އާސަންދައިގެ ދަށުން ހިދުމަތް ހޯދުން ވަކި ދިމާލަކަށް އޮތް އޮތުން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން ދުބާއީ އަދި ތައިލޭންޑު ފަދަ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އާސަންދަ އިން މިއަދު ބުނީ ދެ ގައުމުން ސްކީމްގެ ހިދުމަތް ހޯދޭ ގޮތަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް އަމަލުކުރާ ނިޒާމުގެ ތެރެއިން ކަމަށް އާސަންދައިން ބުންޏެވެ.
ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލި މީހުން ރިފަކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުންނަށެވެ.
ހާއްސަކޮށް ރާއްޖެ، އިންޑިއާ ނުވަތަ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯދި ނަމަވެސް ބަލީގެ ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.
އާސަންދަ އިން ބުނީ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ސްކީމުގެ ހިދުމަތް ފުޅާވެގެން ދިޔައިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ