ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި ރާއްޖޭން މީގެކުރިން ގެންގުޅުނު ސްޓޭންޑު ބަދަލުވެ، ޔޫކްރެއިން ކޮޅަށް ރާއްޖެ ބުރަވި ވާހަކަ ފޮރިން މިނިސްޓަރު ހަލީލް ދޮގު ކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތައް ކަމަށް އެތަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ބުންޏެވެ. އެގޮތުން އެ ބައްދަލުވުމުގައި ޔޫކްރެއިން އަށް ތާއީދު ކުރުމާއި ގުޅޭ ގޮތުންނާއި ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއު ކުރުމާއި ގުޅޭ ގޮތުން ވާހަކަދެކެވުނު ކަމަށްވެސް ބުނެފައިވެއެވެ.
މިހާތަނަށް ރާއްޖޭން އެ ހަނގުރާމާގައި ވަކި އަތަކަށް ނުވަތަ ވަކި ގައުމެއްގެ ކޮޅަށް އަރާފައި ނުވާއިރު ރާއްޖޭގެ ސްޓޭންޑު ބަދަލުވީތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލުކުރަމުންނެވެ.
އެކްސްގައި މިނިސްޓަރު ހަލީލް ވަނީ އެކަމާއި ގުޅޭ ގޮތުން ޕޯސްޓެއް ކުރައްވައިފައެވެ. ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށެވެ.
"އދ. ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ. ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް." ހަލީލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާއި ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ގައުމަކާއިވެސް އެކު ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް