ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނާއިބު ރައީސް ކަމުގައި ހުންނަވަނިކޮށް 19ވަނަ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރި މުހައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޒާހިދު އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޒާހިދުގެ އިތުރުން އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މީގެކުރިން ފުރުއްވި އަބްދުއްރަހްމާން ސޮލާހް ވެސް އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ވަނީ ފާސްކޮށްފައެވެ.
އީސީގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ނާއިބު ރައީސް ކަމުގައި ހުންނެވި އަލީ ނަޝާތާއި މެންބަރުކަމުގައި ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކި ކުރެއްވުމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ