އަށާރަވަނަ ރައްޔިތުން މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފިއެވެ.
ޕީއެންސީ އަދި ޕީޕީއެމްގައި ވެސް ސިޔާސީ ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވި މުހައްމާ ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކުރީ މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައެވެ.
މުހައްމާއެކު ޖުމްލަ 12 ބޭފުޅުން އެ މަގާމަށް ކުރިމަތިލިއެވެ. މުހައްމާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެއްވަނާގައި އޮތް ނަމެވެ. ދެވަނަ ނަމަކަށް އޮތީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި މުއާޒު (ޓީވީ މުއާ)ގެ ނަމެވެ.
ނަމަވެސް ކޮމެޓީން އިންޓަވިއުކޮށް އެކުލަވާލި ރިޕޯޓުގައި މުހައްމާ އޮތީ ތިންވަނާގައެވެ. އެއްވަނާގައި އޮތީ ބްރޯޑްކޮމްގެ ކުރީގެ މެންބަރު ސަރާހަތު އިއްޒަތެވެ. ދެވަނާގައި އޮތީ ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާއެވެ.
ނަމަވެސް މަޖިލިސް ތަޅުމުގައި މިއަދު ނެގި ވޯޓުގައި ޝިފްޒާ ކަޓުވާލުމަށްފަހު އެ މަގާމަށް އައްޔަންކުރީ މުހައްމާއެވެ. އޭނާގެ އިތުރުން ދެން އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ސަރާހަތުގެ ނަމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ