މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ކުޅިވަރު ކުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ މިސްކިތެއްގެ ތެރޭގައި ދެ ޖިންސު މަސްހުނި ވެގެން ކުޅިވަރު ހަރަކާތެއް ކުޅޭ މަންޒަރެވެ. ބެލެވޭ ގޮތުގައި އެ ހަރަކާތުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ހިމެނެއެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފަ،" މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ މިސްކިތަކީ މާލޭގެ މިސްކިތެއް ކަމެއް ނުވަތަ ރަށެއްގައި ހުރި މިސްކިތެއް ކަމެއް ނޭނގެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ