ކުރީގެ ސަރުކާރުން ހިންގި އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި މަޝްރޫއު ތަފްސީލުތައް ހާމަކުރަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ކުރީގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމާފައި އޮތީ އެ މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ ވެސް ދައުލަތުންނެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ.
ނަމަވެސް އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަކީ އެ ބާވަތުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ