މާލެ ސަރަހައްދުގެ ވައި ސިއްހަތަށް ނުރައްކާތެރި މިންވަރެއްގައި ހުރިކަން އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފިއެވެ.
މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 156ގައެވެ. މިގޮތަށް ދައްކާފައި ވަނީ ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުރި އެއާ ކޮލިޓީ ސިސްޓަމުންނެވެ.
އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތައް ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނިކުތުމަށާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ އިތުރުން މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެދިފައެވެ.
މީގެއިތުރުން ބޭރުގައި ކުރާ ކަސްރަތުތަކާއި ކުޅިވަރު ކުޅުން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ.
އެޗްޕީއޭ އިން ބުނީ މިހާރު މާލެ ސަރަހައްދުގެ ވައި ހުރި މިންވަރަކީ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ