މާލެ ސަރަހައްދުގެ ވައި ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް މިވަގުތު ހުރުމުން ބައެއް ކަންކަމަށް ސަމާލުކަމަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 156ގައެވެ. މިގޮތަށް ދައްކާފައި ވަނީ ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުރި އެއާ ކޮލިޓީ ސިސްޓަމުންނެވެ.
އެޗްޕީއޭ އިން ބުނީ މިހާރު މާލެ ސަރަހައްދުގެ ވައި ހުރި މިންވަރަކީ ސިއްހަތަށް ނުރަނގަޅު މިންވަރެއްގައި ކަމަށެވެ. އެހެންކަމުން އެ އެޖެންސީން ވަނީ މި ހާލަތުގައި ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން ބޭރުގައި ކުރާ ކަސްރަތުތަކާއި ކުޅިވަރު ކުޅުން މަޑުޖައްސާލުމަށް ވަނީ އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެ އެޖެންސީން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތައް ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނިކުތުމަށާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ އިތުރުން މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ