ކުރިޔަށް އޮތް ރަމަޟާން މަހު ސަރުކާރުން ހިލޭ ބެހުމަށް ނިންމާފައިވާ މަސްދަޅު ކޭހުގެ ސައިޒަށް ބަދަލު އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ރަމަޟާން މަހު ސަރުކާރުން ބަހާ މަސްދަޅު ކޭހުގައި 40 ގްރާމް މަސް އުނި ވާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން އެކަމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ވަނީ ފާޑު ވެސް ކިޔައިފައެވެ.
ސަރުކާރުގެ މަސް ކުންފުނިން އެކަން ދޮގު ކުރެއެވެ. އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިޔަށް އޮތް ރަމަޟާން މަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން އެއްވެސް ގްރާމެއް އުނި ނުކުރާނެ ކަމަށް ބުނެފައެވެ.
އެ ކުންފުނިން 140 ގްރާމުގެ މަސްދަޅު ކޭސް ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އެއީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ނެރުނު ކޭސްތަކެއް ކަމަށް އެކުންފުނިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ