ދާދިފަހުން ކެބިނެޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ކެބިނެޓަށް ބަދަލުތަކެއް ރައީސް ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ ބަދަލު ގެންނަވައި ރައީސް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އުފައްދަވައި އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އައްޔަން ކުރައްވައިފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އުފައްދަވައި ރައީސް ވަނީ އެ މަގާމަށް ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއްތަލިބު އައްޔަން ކުރައްވައިފައެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އައްޔަން ކުރެއްވިއިރު އެ މިނިސްޓްރީ ހިންގެވި ޑރ. މަރިޔަމް މާރިޔާ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އަށް ވަނީ ބަދަލު ކުރައްވައިފައެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައިދަރު ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށްވެސް ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ރުހުން ދެއްވިއެވެ. ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ