ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާއި ކުރި ނަމަވެސް، އެ މަސައްކަތް ކުރިޔަށް ދާނީ ޓްރާންސްޕޭރަންޓު ނުވަތަ ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން ސިޓީޒް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ދެއްވައިފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ހެކްސްޓަ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕީއެސް ޑރ. ފާތުމަތު މުނާ އެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ބޭރުގެ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރުމުން ސުވާލު އުފައްދައިފައެވެ. އެގޮތުން އެފަދަ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ގާބިލް ކުންފުނިތަކެއް ނެތީތޯ ބައެއް ފަރާތްތަކުން ސުވާލު ކޮށްފައިވެއެވެ.
އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ މަޝްރޫއު އަކީ ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރުމަށް އެޑްވާންސްކޮށް ބޭރުގެ އެކުންފުންޏަށް ފައިސާ ނުދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ހެކްސްޓަ އަށް ފައިސާ ދޭން ޖެހޭނީ އިމާރާތުގެ މަސައްކަތް ނިންމައި، އިމާރާތަށް ބޭނުންވާ ފަރުނީޗަރުތައް ހޯދާ އަދި ކައުންސިލް އިމާރާތް ހުޅުވާތާ ތިންމަސް ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓުން ދިވެހިންނަށް ވެސް މަސައްކަތްތައް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ