ގައުމީ އެއާލައިން މޯލްޑިވިއަން އިން ގެނެސްފައިވާ އެ އެއާލައިންގެ ވައިޑް ބޮޑީ އެއާކްރާފްޓްގެ ފުރަތަމަ ވައިގެ ދަތުރު ޗައިނާގެ ޗެންގްޑޫ އިން ރާއްޖެއަށް ކުރުމަށް ހަމަޖެހިއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ 23 ޖެނުއަރީ ވާ ބުރާސަފަތި ދުވަހު ކަމަށެވެ. ޖައްސާނެ ސީދާ ވަގުތެއް ހާމައެއް ނުކުރެއެވެ.
ފުރަތަމަ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ދަތުރު ކުރަން ނިންމާފައިވާއިރު ޗައިނާގެ ޗެންގްޑޫއަށް ދެ ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ވައިޑް ބޮޑީގެ ދެ ވަނަ ދަތުރު ކުރާނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އިން ޗައިނާގެ ބެއިޖިންއަށެވެ. ބެއިޖިން ދެ ކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރެވެ. ޗައިނާގެ ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީ ދެ ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.
ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
މި އާ އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަންގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެން ގޮސްފައެވެ. އަދި ޗައިނާއަށް ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ