ރޫހާނީ ފަރުވާ އާއި ފާލަ ބެލުމުގެ ކަންކަން ރާއްޖޭގައި ކުރުމަށް އިޝްތިހާރު ކުރި ހިންދޫ ދީނުގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އެކްސްގައި އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ވިސާއާ ހިލާފުވި ތިން ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ.
ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އިމިގްރޭޝަނުން ބުނީ އެމީހުން ޑީޕޯޓު ކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ އިޝްތިހާރެއްގައި އެމީހުންނަކީ ސިހުރުގެ މައްސަލަތަކާއި ފާލަ ބެލުމުގެ ކަންކަން ކުރާ ބައެކެވެ. އަދި ސިއްހީ އެހެން މައްސަލަތަކަށް ވެސް އެމީހުން ފަރުވާދޭ ކަމަށްވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ