ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ނުދީ ހުރީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ޖުޑިޝަރީގެ މުވައްޒަފުންނަށް ކޮންމެ ދެ އަހަރުން އެއް އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2017 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނުދެ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅު 2023 ވަނަ އަހަރު އެ ފައިސާ ދޭން ފެށި ނަމަވެސް ގެއްލުނު މުއްދަތަށް ފައިސާއެއް ނުދެ އެވެ.
އެ މައްސަލަ ކޯޓުތަކުގެ މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2023 ވަނަ ޓްރައިބިއުނަލުން ނިންމާފައި އޮތީ މުސާރައިގެ ކުރިއެރުން ހައްގުވި ނަމަވެސް ބަޖެޓުގައި ފައިސާ ނެތުމުން ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޑީޖޭއޭއިން އިން ބުނީ އެއީ މުވައްޒަފުންނަށް ހައްގުވާ ފައިސާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، ފައިސާ ނުދެވެނީ އެކަމަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދީފައި ނެތުމުން ކަމަށާއި ބަޖެޓްގައި ނެތް ފައިސާއެއް ދިނުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭއިން ބުނިގޮތުގައި އެ މުއްދަތަށް ވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރި އެވެ. އެކަމުގައި ޑީޖޭއޭ އިން ކުރެވެން ހުރި ކަންކަން ކުރަމުން ގޮސްފައިވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ. ނަމަވެސް ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ޑީޖޭއޭއިން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ