ރާއްޖޭގެ ރަށްރަށުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދަން މިމަހު އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫ އަށް މިރޭ ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ވެސް އެންމެ ބޮޑަށް އިސްކަމެއް ދެއްވާފައި ވާނީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އިންނަމާދޫ އަށް ވަޑައިގެން އެރަށުގައި ވެސް ބޯހިޔާވަހިކަން ހައްލު ކުރުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން އެރަށުގައި 50 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވާނެ ކަމަށާއި ވައުދު ފުއްދުމުގައި އެއްވެސް ވަރަކަށް ފަހަތު ފަޔަށް ބުރަ ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި