މިޔަންމާގައި އޮޕަރޭޓްކުރަމުން އަންނަ ސްކޭމް ސެންޓަރުތަކުގައި މަސައްކަތްކުރި 53 ހާސް ޗައިނާ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
މިޔަންމާގައި ސްކޭމް ސެންޓަރުތަކާއި އޮންލައިންކޮށް ޖުވާކުޅޭ މަރުކަޒުތައް ހިންގާ މައްސަލައިގައި ސަރަހައްދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މިއީ އެކަހަލަ ކަންކަން ހިނގާކަމަށް މިޔަންމާގެ ސަރުކާރުން އެއްބަސްވި ނާދިރު ހާލަތެކެވެ. އެގައުމުން ބުނީ ސްކޭމް ސެންޓަރުތައް ހުއްޓުވުމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ބޭރު ގައުމުތަކަށް ނިސްބަތްވާ 55 ހާސް މީހުން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން 53 ހާސް މީހުންނަކީ ޗައިނާ މީހުންނެވެ. ދެވަނައަށް އެންމެ ކައިރި ކުރާ ވިއެޓްނާމްގެ ހާހެއްހާ މީހުން މިޔަންމާއިން ބޭރުކުރިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މިޔަންމާގައި ސްކޭމް ސެންޓަރުތައް ހިންގައި، ގަވާއިދާ ޚިލާފު ވިޔަފާރިތައް ކުރަމުން ދަނީ މިޔަންމާގެ ރައްޔިތުންނެއް ނޫނެވެ. އަދި މިޔަންމާއަށް އައިސް އެފަދަ ވިޔަފާރިކުރާ، އެސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންގެ އަމަލުތައް ހުއްޓުވުމަށް ސަރަހައްދީ ގައުމުތަކުން އެހީތެރިވެ،
އެކަން ހުއްޓުވައިދިނުމަށްވެސް މިޔަންމާ ސަރުކާރުން ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ