މާދަމާ އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުވެސް ޕާސްޕޯޓު ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާދަމާ އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކު މާލެ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރާނެ ކަމަށެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު އެކްސްގައި ވިދާޅުވީ އެކަން ކުރުމުގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން، މެޑިކަލް އެމަރޖެންސީގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ހިދުމަތް ލިބިލައްވާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ