އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާން، ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 17:30 ހާއިރު ލިބުމާ އެކު، އެ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 20:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ބޮޑު ސަރަހައްދަކަށް ފެތުރުނު އަލިފާންގަނޑު ނިއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ.
އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ