މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީގައި ތަރުޖަމާކޮށްދީފި އެވެ.
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ދިވެހި ބަސް ފަހުމު ނުވާތީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދު މުއްދަތު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް އެ ކޯޓުގެ އަމުރުގައިވެ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. އަދި، ފައިސާ ޖަމާވުމުން އެހެން ބަޔަކަށް އެ މީހާ ފައިސާ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހެއްގެ އަތުން އޭނާގެ ކޭޝްކާޑު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ކޯޓުގައި އޭނާ ބުނިގޮތުގައި އެ މައްސަލާގައި ދެން ހިމެނޭ މީހުންނަކީ އޭނާ ދަންނަ ބައެއް ނޫނެވެ.
މިދިޔަ އަހަރު އެހެން މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް ވެސް ބަސް ނޭނގޭ ކަމަށް ކޯޓުގައި ބުނުމުން އެ މީހާއަށް ތަރުޖަމާނަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން އެންގި އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި