ފޮރިން މިނިސްޓަރު ހަލީލް ސައުދީ އަރަބިއްޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުގައި ސައުދީގެ މިނިސްޓާ އޮފް ކޮމާސްއާ ބައްދަލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ހަލީލް ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސްއާ ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތަކުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގެ ސަބަބުން ސައުދީ އަރަބިއްޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ