ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ގުރުއާން މުބާރާތެވެ. އެ މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެ މުބާރާތަކަށް ވަރަށް ބޮޑަށް އިސްކަން ދީގެން ދަރިވަރުން ތައްޔާރުކޮށް މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް އެ މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހާމަ ކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުން ފެށިގެން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށެވެ.
ރައީސްގެ އެ އަމާޒަށް ވާސިލްވުމަށް މިއަހަރުން ފެށިގެން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެކަން އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކަމުން އެނގިގެން ދަނީ މި ސަރުކާރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރެެއްވުމަށާއި، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަން ހާމަވަގެންދާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިއަހަރުން ފެށިގެން ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ