ކައުންސިލްތަކުގެ ތެރޭގައި ހިނގާ ކަންކަމުގެ ތަހުގީގު ކުރާ އިދާރާތަކަށް އެކަމުގެ އެއްބާރުލުން ދިނުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފިއެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމުކުރާ އިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން ކައުންސިލްތަކުން ހުރަސް ނޭޅުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެލްޖީއޭ އިން މިފަދައިން ބުނެފައި މިވަނީ ގދ. ތިނަދޫ ކައުންސިލްގެ ކޮރަޕްޝަން މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމަށް ތިނަދޫ ކައުންސިލް އިދާރާއަށް އޭސީސީން ވަނީ ވަދެ، ބައެއް ތަކެތި ގެންގޮސްފައެވެ.
ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި