ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވީ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ.
އެ މަޝްރޫއުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީ އަދި އޮފީސް ޖާގައިގެ އިތުރުން އިންޖީނުގެ އަދި ގުދަނެއް ހުންނާނެއެވެ.
އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން 150 އަކަށް ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ.
އެ މަޝްރޫއު އަކީ ޖުމްލަކޮށް މުޅި ރާއްޖޭގައި މަސްވެރިކަން ތަރައްގީ ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މޭ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އެ މަސައްކަތް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ. ރައީސް ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 416 މިލިއަން ރުފިޔާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ