ހއ. އިހަވަންދޫގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ދިނުމުގެ އިންތިޒާމު މިއަދު ފަށައިފިއެވެ.
އެ ހިދުމަތްތައް އިހަވަންދޫ އިން ލިބޭނެ އިންތިޒާމު ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެންފައެވެ.
އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ފައްޓަވައި ދެއްވީ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމަކީ ސަރުކާރުން މީގެކުރިން އިއުލާން ކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މީގެކުރިން އެ ހިދުމަތް ނުލިބޭ ގިނަ ރަށްތަކުގައި އެ ހިދުމަތް ވަނީ ފަށައިފައެވެ.
އިހަވަންދޫގައި މިއަދު ވަނީ އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ