ފޮރިން މިނިސްޓަރު ހަލީލް ސައުދީ އަރަބިއްޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި ސައުދީގެ އިންވެސްޓުމަންޓުތައް އިތުރު ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ހަލީލް ސައުދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ މިނިސްޓަރ އޮފް ކޮމާސް އާއެކު ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާގައި، ސައުދީ އާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާ ބައްދަލުވުން ފެއްޓެވުމުގެ ކުރިން މިނިސްޓަރު ހަލީލް ވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުހައްމަދު ބިން ފަހުދު އަލް ސައޫދު އަވަހާރަވުމާ ގުޅިގެން ސައުދީ ޝާހީ އާއިލާގެ މެންބަރުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ