ރާއްޖޭން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު މަހާއި މަޑުމަސް ބޭރު ކުރަން އުޅުނު ކުންފުނީގެ ނަން މޯލްޑިވްސް ކަސްޓަމްސް އިން އާއްމުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން 582 ކިލޯގެ މިޔަރު އަދި މަޑިމަސް ހިފަހައްޓާފައިވާ ކަމަށެވެ.
އެ ތަކެތި ކަސްޓަމްސް އިން ހިފެހެއްޓީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
ރޭ އެ އިދާރާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު ފެނިފައިވާ މައްސަލައެއް އެ ސާވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ ޝިޕްމެންޓް ކަސްޓަމްސް އަށް ޑިކްލެއާ ކޮށްފައި ވަނީ ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓަރީ ޕޯޓަލް އިން ދައްކާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހުސައިން ސިނާނެވެ.
އެ އިދާރާ އިން ބުނީ އެ ތަކެތި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ