އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭ މިންވަރު ފެނިއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމާ ގުޅިގެން އެކްސްގައި ހީނާ ކުރެއްވި ޕޯސްޓެއްގައި ވިިދާޅުވީ، އެ އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެފައިވާއިރު އެ އެއްވުން އެއްވެސް ހުރަހެއް ނެތި ކުރިޔަށް ގެންދަން ފުރުސަތު ދިނުމުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ގަދަރުކުރާ މިންވަރު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރޭގެ އެއްވުމަކީ ސަރުކާރަށް އެމްޑީޕީގެ "ސައިޒު" ދައްކާލުމަށް ބޭއްވި އެއްވުމެކެވެ. އެ އެއްވުމުގައި ގިނަ އަދަދެއްގެ އާއްމުންނާ އެމްޑީޕީ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެއްވުމުގެ ބައިވެރިން ވަނީ ސަރުކާރަށް ފާޑު ކިޔައި، ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލައިފައެވެ. މި އެއްވުން ކުރިޔަށް ގެންދިޔައީ ސުލްހަވެރިކަމާއެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ