އިދިކޮޅު އެމްޑީޕީން އެތައް ސަތޭކަ ބަޔަކާއެކު މާލޭގެ މަގުމައްޗަށް ނިކުމެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
މިރޭ 20:00ގައި އާޓްފިޝަލް ބީޗު ސަރަހައްދުން ފެށި ހިނގާލުމުގައި އެމްޑީޕީގެ ލީޑާޝިޕާއެކު ގިނަ އަދަދެއްގެ އާއްމުން ބައިވެރިވިއެވެ.
ހިނގާލުން ކުރިޔަށް ގެންދިޔައީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގައެވެ. ހިނގާލުމުގެ ތެރެއިން ލީޑާޝިޕްގެ ބޭފުޅުން ވާހަކަފުޅުވެސް ދެއްކެވިއެވެ.
ހިނގާލުން ފެށުމުގެ ގޮތުން ވާހަކަދެއްކެވީ އެމްޑީޕީގެ ރައީސް ޝާހިދުއެވެ. ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ އެއްވުންތައް ގިނައިން ބާއްވާނެ ކަމަށާއި މި ހިނގާލުމަކީ ސަރުކާރަށް އެމްޑީޕީގެ ސައިޒު ދައްކާލަން ބޭއްވި ހިނގާލުމެއް ކަމަށް ވިދާޅުވިއެވެ.
މި ހިނގާލުމުގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ގޮވިއެވެ. އަދި ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ވަގު ފޯމުތަކެއް ހުށަހެޅި މައްސަލާގައި ހޯމް މިނިސްޓަރު އިހުސާންގެ އިސްތިއުފާ އަށް ވެސް ގޮވިއެވެ.
މި ހިނގާލުން ކުރިޔަށް ގެންދިޔުމުގައި ފުލުހުން ވަނީ އެމްޑީޕީ އަށް މަގުމަތި ބެލެހެއްޓުމުގައި އެހީތެރިވެފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ