އަވަށްޓެރި އިންޑިއާގެ 2025-2026ގެ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީ 69 މިލިއަން ޑޮލަރަށް އިތުރު ކުރުމަށް ނިންމައިފިއެވެ.
މިއީ މިދިޔަ އަހަރަށް ރާއްޖެއަށް ކަނޑައެޅި އަދަދަށްވުރެ އިތުރު އަދަދެކެވެ. 2024-2025 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރެވެ.
އެކި ގައުމުތަކަށް ދޭ އެހީގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި އިންޑިއާ އިން ވަނީ 250 މިލިއަން ޑޮލަރު ކަނޑައަޅައިފައެވެ. މީގެތެރެއިން އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައި ވަނީ ނޭޕާލަށެވެ. އެއީ 80 މިލިއަން ޑޮލަރުގެ އެހީއެކެވެ.
ރާއްޖެއަކީ އިންޑިއާ އިން އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައިވާ ދެވަނަ ގައުމެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިންޑިއާއާއެކު މި ސަރުކާރުގެ ގުޅުން މާ ބޮޑަށް ރަނގަޅެއް ނޫނެވެ. ނަމަވެސް މިއަދު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު އެގައުމަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
މީގެއިތުރުން ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމާއި ގުޅޭ ގޮތުން އެ ދަތުރުފުޅުގައި މަޝްވަރާވެސް ކުރެވުނެވެ. ދާދިފަހުން ފޮރިން މިނިސްޓަރު ހަލީލް ވެސް އިންޑިއާ އަށް ވަނީ ވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ